މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަން ކޮށްފި އެވެ.
އެސްޖީގެ މަގާމަށް މުހައިމިން އައްޔަން ކުރީ، މާލެ ސިޓި ކައުންސިލްގެ 4 ވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވi ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މުހައިމިން އެންމެ ފަހުން ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ގެ މަގާމުގަ އެވެ.
މުހައިމިނަކީ، މީގެ ކުރިން، ތައުލީމީ ދާއިރާގައި، ގިނަ މަސައްކަތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މި ގޮތުން ޕްރައިމަރީ ޓީޗަރުކަމާއި ސެކަންޑްރީ ޓީޗަރުކަމާއި ޕްރިންސިޕަލްކަމާއި މެދު ރާއްޖެތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރކަމާއި މާލެ ސިޓީގެ، ހުރިހައި ސްކޫލެއްގެ ކޯޑިނޭޓަރުކަމާއި މާލެ ސިޓީގައި ހިންގަމުންދާ، އަމިއްލަ ސްކޫލްތަކާއި އިންޓަރނޭޝަނަލް ސްކޫލްތަކުގެ ކޯޑިނޭޓަރުކަމުގެ މަގާމު ވެސް، މުހައިމިނު އަދާކޮށްފައިވެ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލް އިދާރާގެ، އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއި، މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖަނަރަލްގެ މަގާމަށް ހަތަރު މީހަކު ކުރިމަތިލިއިރު އެންމެ މަތިން މާކުސް ލިބިފައި ވަނީ މުހައިމިނަށެވެ.
މާލެ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މުހައިމިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ