ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ހ. ވަވޮއި ޔޫސުފް އަލްސަން މުހައްމަދު (އަލް) ގެ ޖަނާޒާ ބާއްވައިފި އެވެ.
އަލްސަން ނިޔާވީ އޭނާ ދުއްވި ސައިކަލުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. މާލޭގެ ބޮޑުތަކުރުފާނު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި އަލްސަން ނިޔާވެ އިތުރު ދެ މީހަކަށް ވަރަށް އަނިޔާވި އެވެ.
ބާރު ސްޕީޑްގައި އައި ސައިކަލު ޖެހުނީ އެ ވަގުތު ކަފިހިހުރަހުންމަގު ހުރަސް ކުރި އުމުރުން 40 އަހަރުގެ މީހެއްގެ ގައިގަ އެވެ. އޭނާ އަކީ މަގުމަތީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ.
ސައިކަލުން ޖެހުނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލުން ނެއްޓެން އެ މީހާ ބާރަށް ކުރިއަށް ދުއްވައިގަތުމުންނެވެ.
އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅެވެ. އަލްސަންގެ ޖަނާޒާ އަސުރު ނަމާދަށް ފަހު ވަނީ ބާއްވާފަ އެވެ. އާ ސަހަރާގަ އޮތް ޖަނާޒާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވި އެވެ.
އަދި މޫނު ދުށުމަށާއި އާއިލާއަށް ތައުޒިޔާ ކިޔަން ވަރަށް ގިނަ ބަޔަކު ސަހަރާއަށް ހާޒިރުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އަލްސަންގެ މައިންބަފައިންނާއި އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
އަލްސަންގެ ޖަނާޒާ ބާއްވައިފި، ވަރަށް ގިނަ ބަޔަކު ބައިވެރިވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ