މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހުޅުމާލެ ފޭސް ދޭއް ގެ ހިޔާ ފުލެޓުން އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
މި އޮޕަރޭޝަންގެ ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ އަތުން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 216.12 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ