ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ
ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފަށާނެ އެވެ،ހަ އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި 13 ސްކޫލަކުން 400 އަށް ވުރެ ގިނަ ކުދިން 48 އިވެންޓުގައި ބައިވެރިވާނެ އެވެ.އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭއޭއެމް) އިން ކުރިއަށްގެންދާ މި އިވެންޓުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ލ. ގަމުގަ އެވެ.ދިރާގަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރެވެ. ދިރާގާއި އެތުލެޓިކްސް އެސޯސިއޭޝަނާ ދެމެދު ވެފައިވާ ޕާޓްނާޝިޕުގެ ދަށުން އެ ސޯސިއޭޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށާއި ރާއްޖޭގައި އެތުލީޓުންގެ އާ ޖީލެއް އުފެއްދުމަށް ދިރާގުން އަންނަނީ އެހީތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ