ސައުދީގައި އުމްރާވެރިންތަކެއް ގޮވައިގެން ދިޔަ ބަހެއް ފުރޮޅާލައިގެން ގިނަ ބަޔަކު ނިޔާވެއްޖެ

ދެކުނުހުޅަނގު ސައުދީގައި އުމްރާވެރިންތަކެއް ގޮވައިގެން ދިޔަ ބަހެއް ބުރިޖެއްގައި ޖެހިގެން، ފުރޮޅާލައިގެން އަލިފާން ރޯވެ، މަދުވެގެން 20 މީހުން ނިޔާވެއްޖެއެވެ.
"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަށް ބަލާއިރު، މި ހާދިސާގައި 20 ވަރަކަށް މީހުން ނިޔާވެ، 29 މީހުންނަށް ޒަހަމްލިބުން" ސައުދީގެ ސްޓޭޓް މީޑިއާއެއްކަމަށްވާ އަލް އެޙްބާރިޔާ ޗެނަލްއިން ރިޕޯޓްކުރިއެވެ. ނަމަވެސް، މަރުވި މީހުންގެ ނަސްލު ނުވަތަ ގައުމު ހާމަކޮށްފައެއްނުވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ މާތްވެގެންވާ ރަމަޟާން މަހުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން އުމްރާ ކުރުމަށް ދަތުރުކުރާ ދުވަސްކޮޅެއްގައެވެ. މި ދުވަސްކޮޅުގައި ސައުދީގެ ގިނަ މަގުތަކެއް ތޮއްޖެހިގެން، ހައްޖުވެރިންގެ ދަތުރުފަތުރު ކުރުމުގައި ގިނަ ފަހަރު ގޮންޖެހުންތަކާއި، ނުރައްކާތެރި ހާދިސާތަކާއި ކުރިމަތިލާންޖެހެއެވެ.
އެގޮތުން، މި ދުވަސްކޮޅުގައި ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް، އުމްރާވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ އުޅަނދުތަކެއް ފުރޮޅިގެން، ގިނަ ބަޔަކު މަރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ