ގެމަނަފުށި ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި

ގއ. ގެމަނަފުށި ސްކޫލްގެ ގްރޭޑް 5 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، އެރަށު ސްކޫލްގެ އެދުމުގެމަތިން އެޕްރީލް 13 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެ ސެޝަންގައި، ގެމަނަފުށީގެ ޓްރެފިކާ ގުޅުންހުރި މައުލޫމާތާއި ބައިސްކަލް ދުއްވާއިރު ދަރިވަރުން ސަމާލުކަންދީ ވިސްނަންވީ ކަންކަމާއި، ރޭގަނޑު ބައިސްކަލް ދުއްވާނަމަ އަމަލުކުރަން ޖެހޭނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާއި، އިންޓަނެޓުން ކުރިމަތިވާ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާނެގޮތާއި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިންޓަނެޓުގައި އާންމުކޮށްގެންނުވާނެ ޒާތީ މައުލޫމާތު ބުނެދީފައިވެއެވެ. އަދި މިފަދަ މައުލޫމާތު ހިއްސާކޮށްފިނަމަ ދިމާވެދާނެ ކަންކަންވެސް މި ސެޝަންގައި ދަރިވަރުންނަށް ބުނެދީފައިވެއެވެ.
އޭގެ އިތުރުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވުމަކީ ކޮބައިކަމާއި އެކަން ކަމުން ދުރުހެލިވެވޭނެ ގޮތްތަކާ ގުޅޭގޮތުންނާއި ރިވެތި އަދަބުތަކާއި ބޮޑެތި މީހުންނަށް އިހުތިރާމްކުރުމާއި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ސެޝަންގައި އެ ސްކޫލްގެ 92 ދަރިވަރުންނަށް މައުލޫމާތުދީފައިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ