ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގްރިޑް އެނަޖައިޒްވުމާއެކު މިހާރު ކަރަންޓު ނެތް ސަރަހައްދުތަކަށް ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެވެ.
ސްޓެލްކޯއިން ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑުމުން ޚިދުމަތް އިޔާދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރު ގްރޭޓަރ މާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި މިމަސައްކަތް ނިމުމާއެކު މާލެ ސަރަހައްދުން ކަރަންޓު ނުލިބޭ ހުރިހާ ތަނަކަށް ކަރަންޓު އަލުން ދާދި އަވަހަށް ދިނުމަށް މަސައްކަތް ކުރެވޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މިހާތަނަށް މާލޭގެ ބައެއް އަވަށްތަކަށާއި، ހުޅުމާލޭގެ ބޮޑުބަޔަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ. އަދި ކުރިއަށް ހުރި ވަގުތުތަކުގައި ބާކީ ތަންތަނަށްވެސް ކަރަންޓު ދެވޭނެ ކަމުގެ ޔަޤީންކަން ސްޓެލްކޯއިންދެއެވެ.
މިއަދު ކުއްލިގޮތަކަށް ކަރަންޓް ގޮސްފައިވާއިރު، ސްޓެލްކޯއިން ވަނީ ރޭފަތިހުން ފެށިގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައެވެ. މިމަސައްކަތް ކޮށްފައިވަނީ އިންޖީނުގެ ނިއްވާލައިގެންނެވެ. އިންޖީނުގެ ނިއްވާލާފައިވަނީ ރޭ މެންދަމުން އަލިވެ 3:00އިން ފެށިގެން ހެނދުނު 8:00 ޖެހުމާހަމައަށެވެ.
އެވަގުތު މާލޭގެ ލޯޑް ހުރީ 76 މެގަވޮޓްގައެވެ. މިވަގުތުތަކުގައި އިންޖީނުގެ ނިއްވާލި ނަމަވެސް މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުންނެވެ. ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވީ މިމަސައްކަތަށް ފަހު ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.
ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާތީ ޕީއެސްއެމްގެ ޗެނަލްތަކުގެ ޚިދުމަތްވެސްވަނީ މެދުކެނޑިފައެވެ. ކަރަންޓް ލިބުނުހާ އަވަހަކަށް ޕީއެސްއެމްގެ ޗެނަކްތަކުގެ ޚިދުމަތް ފެށޭނެއެވެ.
ގްރިޑް އެނާޖައިޒްކޮށް ކަރަންޓު ނެތް ސަރަހައްދުތަކަށް ކަރަންޓު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ