ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިންގ ސްކީމެއް ހިންގާނަން – މުއިއްޒު

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން ސްކީމެއް ހިންގާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިންއަށް ފ. ނިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއް މިހާތަނަށް ހިންގާފައި ނުވާ ކަމަށާއި އޭނާގެ ސަރުކާރެއްގައި އެންމެ ކުރީކޮޅު ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ވަކި ހާއްސަ ކެޓެގަރީއެއްގެ ދަށުން އެދާއިރާގެ މުވައްޒަފުންނަށް ގެދޮރުވެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ރާއްޖެ އަށް އާމްދަނީ ހޯދައިދިނުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި ރާއްޖެ އަށް އާމްދަނީ ލިބެނީ އެ މުވައްޒަފުން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެ މުވައްޒަފުންނަށް އަޅުގަނޑުމެންގެ ހައުސިން ޕްރޮގްރާމްތަކުގެ ތެރޭގައި ހާއްސަ ޕްރޮގްރާމެއް ގާއިމުކުރެވިގެން ދިޔުމަކީ ވަރަށް އިންސާފުވެރި ކަމެއް، ވަރަށް އަދުލުވެރިކަމެއް. އެފަދަ ހާއްސަ ހައުސިން ސްކީމެއް ހިންގާނެކަން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޔަގީންކޮށް އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ކަމާބެހޭ ގާނޫނުތައް އެކުލަވާލައިގެން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ރިޓަޔާމެންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފްކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން މި ސްކީމް އެކުލަވާލާނީ ފަތުރުވެރިކަމުގެ އިންޑްސްޓްރީ ހިންގާ ފަރާތްތަކާއި މުވައްޒަފުންނަށް ވެސް ފައިދާވާނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ