ރޯޑްރެލީ ގެ ތެރެއިން އުމަރު ނަސީރަށް ހަމަލާދީފި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ހަވީރު އުމަރު ނަސީރާއި ކެމްޕެއިން ޓީމުން ކުރިއަށް ގެންދިޔަ ރޯޑްރެލީގެ ތެރެއަށް ވަނތް މީހަކު ދަގަނޑުބުރިއެއް އެއްލައި އުމަރު ނަސީރަށް ހަމަލާދީފިއެވެ. 
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރުގެ ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ހަވީރު ކުރިއަށް ގެންދިޔަ ރޯޑްރެލީގެ ތެރެއަށް މަސްތުވެގެން ހުރިކަމަށް ލަފާކުރެވޭ މީހަކު ވަދެ ދަގަނޑު އެއްޗެއް އެއްލައި އެމަނިކުފާނުގެ މޫނު މަތީގައި ޖެހުމަށްފަހު ފިލައިގައި ވާކަމަށެވެ. 
މީގެ އިތުރުން އެ ޕޯސްޓްގައި ބުނެފައިވަނީ އެވަގުތު އުމަރު ނަސީރުގެ ސެކިއުރިޓީންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުން އެ މީހާގެ ފޮޓޯ ފުލުހުންނާއި ހިއްސާކޮށްފައިވާކަމަށެވެ.
Advertisement
މިއަދުގެ މި ހާދިސާތައް އުމަރު ނަސީރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ