ޝަހީދު ޙުޞައިން ޢާދަމްގެ ބައްޕާފުޅު ނިޔާވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ

ޝަހީދު ޙުޞައިން ޢާދަމްގެ ބައްފާފުޅު ނިޔާވުމާއި ގުޅިގެން، އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ތަޢުޒިޔާ ފޮނުއްވައިފިއެވެ.ކުޅުދުއްފުށީ ކައުންސިލުން ޔަގީންކޮށްދިން ގޮތުގައި، އާދަމް މުހައްމަދު އަވަހާރަވީ، ގިނަ ދުވަސްތަކެއް ވާންދެން ބަލިވެ އުޅުއްވުމަށް ފަހު މިއަދުގެ ވަގުތެއްގަ އެވެ.އުމުރުން 19 އަހަރުގައި ހުސައިން އާދަމް ޝަހީދުވީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ބަޔަކު ނޮވެންބަރު 3, 1988 ގައި ރާއްޖެ އަރައި ހިންގި އުދުވާނުގައި، ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރަން ރައްދުގައި ހަމަލާ ދެމުންދަނިކޮށެވެ.  މި ތަޢުޒިޔާގައި އެމަނުކުފާނު ވިދާޅުވީ ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިގާ ޝަހީދު ޙުޞައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ އާދަމް މުޙައްމަދު ނިޔާވި ޚަބަރު އެއީ ފުންހިތާމައާއެކުކަމަށެވެ. އަދި މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ، މަރުޚޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓްގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ