އޮޅުހިޔާގައި މި ވަގުތު 30 ބުޅާ | ހިންގަން އެއް ބިލިއަން ބޭނުންވޭ

މާރިޔާ ވިދާޅުވީ، އިދާރީ ހިންގުން ނުހިމަނައި ވެސް، އެތަނަށް މަދުވެގެން 1.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ "އޮޅު ހިޔާ" ކެޓް ޝެލްޓާގައި މި ވަގުތު 30 ބުޅާ ބަލަހައްޓަމުން ގެންދާ ކަމަށާއި، އެ ފެސިލިޓީ ފުރިހަމައަށް ހިންގަން އެއް ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. 
އެ ޝެލްޓާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، މާރިޔާ ވިދާޅުވީ، އިދާރީ ހިންގުން ނުހިމަނައި ވެސް، އެތަނަށް މަދުވެގެން 1.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. 
"ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން. އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ،" މާރިޔާ ތަފްސީލުކޮށްދެއްވި އެވެ. 
"ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.މާރިޔާ ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ދަށުން އޮޅުހިޔާ ނަަގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރި އިރު އެތަނުގެ ހާލަތު ވަރަށް ދަށް ކަމަށެވެ. ކައުންސިލްގެ ބެލުމުގެ ދަށުން ނެގީ އެތަން ހަދައި، ހިދުމަތް ދޭން ފަށަން ދިން ތާރީހަށް ނުފެށުމުން ކަމަށް ވެސް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ގިނަ ބުޅާ އެއް ފަހަރާ ރަނގަޅަށް ބެލެހެއްޓޭނޭ ވަސީލަތްތައް ގާއިމް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ