ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ރަނގަޅުވާނެ ކަމަށް، މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އިރުމަތީ ފަރާތުގައި އުފެދުނު ކޮޅިގަނޑު މަޑުމަޑުން އުތުރަށް ދަތުރުކޮށް ޝްރީލަންކާ ފަހަނައަޅާ އިންޑިއާގެ އިރުމަތީ އައްސޭރި ފަށާ ކައިރިން ދަތުރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރަށް ވެސް ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް އުތުރާއި މެދު ރާއްޖެ ތެރެއަށް އަދިވެސް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް މޫސުން ގޯސްވުމާއި ގުޅިގެން ގިނަ ރަށްތަކެއްގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ރަނގަޅުވާނެ - މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ