މަސްވެރިންނަށް މިމަހުގެ މިހާތަނަށް 46.4 މިލިއަން ރުފިޔާ ދޫކޮށްފި
މިމަހުގެ މިހާތަނަށް މަސްވެރިންނަށް 46.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ 672 ދޯންޏަކުން ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާކަމަށް މިފްކޯއިން ބުންޏެވެ.މިމަހުގެ ދެވަނަ ހަފްތާގައި މަސްވެރިންނަށް 8.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މެއި މަހުގެ ދެވަނަ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 14.5 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 43 އިންސައްތަ ދަށް އަދަދެކެވެ. ޖޫން މަހުގެ ދެވަނަ ހަފްތާގައި، މަސްވެރިންނަށް ދޫކުރި ފައިސާ ދަށްވެފައިވަނީ، ދެވަނަ ހަފްތާގެ 3 ދުވަސް ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާއި ދިމާކޮށް މަސް ކިރުވާފައިނުވާތީކަމަށް މިފްކޯއިން ބުނެއެވެ.މި ހަތަރު ހަފްތާއާއެކު މަސްވެރިންނަށް މިމަހުގެ މިހާތަނަށް މުޅި ޖުމްލަ 46،488،392 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިއީ 672 ދޯންޏަކުން ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ އަދަދުކަމަށް މިފްކޯއިން ބުނެއެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގަ އެވެ. ސަރުކާރުން ވަނީ އާ އުސޫލާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ