ނިއު ދިއްލީ، އިންޑިއާ (ޖުލައި 8) - މިދިޔަ ހަފްތާގެ ތެރޭގައި އެކްސްގައި ހިންގާ 2،000 އަށްވުރެ ގިނަ އެކައުންޓް ބްލޮކް ކުރަން އިންޑިއާގެ ސަރުކާރުން އެންގިއިރު އޭގެ ތެރޭގައި ރޮއިޓާސްގެ ދެ އެކައުންޓެއް ވެސް ހިމެނޭކަން އެނގިއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ތެރޭގައި ރޮއިޓާސްގެ ދެ އެކައުންޓެއް ވަނީ ބްލޮކް ކޮށްފަ އެވެ. ނަމަވެސް، އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އަލުން އެކައުންޓުތަކަށް ވަދެވޭ ގޮތް ވަނީ ހަދާފަ އެވެ.
މައުލޫމާތު ސެންސަރު ކުރުމަށް އިންޑިއާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ބިލިއަނަރު އީލޮން މަސްކްގެ އެކްސް ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ފިޔަވަޅު އަޅަން އެކްސްއަށް އެންގީ ކޮން މައުލޫމާތެއް ފަތުރައިގެން ކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ.
އިންޑިއާގެ ގާނޫނުތައް ބުނާ ގޮތުން އެ ގައުމުގެ ސިޔާދަތީ މިނިވަން ކަމަށާއި ސެކިއުރިޓީއަށް އަސަރުކުރާ ކަންކަމުގައި އިންޓަނެޓުގައި ހުންނަ ކޮންޓެންޓް ބްލޮކް ކުރަން އެންގުމުގެ ބާރު ސަރުކާރަށް ލިބެ އެވެ.
އެކްސްގައި ހިންގާ ރޮއިޓާސްގެ އެކައުންޓުތަކެއް ބްލޮކް ކުރަން އިންޑިއާގެ ސަރުކާރުން އަންގައިފި އެކްސްގައި ހިންގާ ރޮއިޓާސްގެ އެކައުންޓުތަކެއް ބްލޮކް ކުރަން އިންޑިއާގެ ސަރުކާރުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ