ރަޝިޔާއަށް ދަތިކުރަކުރުމުގެ ފިޔަވަޅު އަޅަން ވިސްނާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޔޫކްރެއިނާ ހަނގުރާމަ ކުރާތީ ރަޝިޔާގެ ރައީސް ވުލަމިޑިއާ ޕުޓިންއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި، ރަޝިޔާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިސްނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވެފައިވާއިރު، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ޔޫރަޕުން ދުވަހަކުވެސް ޔޫކްރެއިން ދޫކޮށްނުލާނެ ކަމަށް އިނގިރޭސި ޕާލަމެންޓަށް ދެއްވި ތަގުރީރެއްގައި ވިދާޅުވެފައެވެ. މެކްރޮން ފާހަގަކުރެއްވި ގޮތުގައި އިނގިރޭސިވިލާތާއި ފްރާންސުން މަސައްކަތް ކުރާނީ ޔޫކްރޭނަށް ތާއީދު ކުރަން އެދޭ މީހުންގެ ކޯލިޝަނަކާ އެކުއެވެ. "ހަނގުރާމަ ހުއްޓާލައި، މި ވަރުގަދަ އަދި ދިގުދެމިގެންދާ ސުލްހަ ގާއިމުކުރުމަށް މަޝްވަރާތައް ފަށައި އެންމެ ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކުރާނަން." މެކްރޮން ވިދާޅުވިއެވެ. ރަޝިޔާއާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާއިރު، ޔޫކްރޭނަށް އިތުރު ހަތިޔާރު ފޮނުވާނެ ކަމަށް ޓްރަމްޕް އިއްޔެ ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ޑިފެންސިވް ހަތިޔާރެވެ. އިތުރު ހަތިޔާރު ފޮނުވުމަށް ނިންމެވީ މިދިޔަ ހަފްތާގައި ޓްރަމްޕް ޕޫޓިން އާއި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ވަކިވަކިން ދެއްކެވި ވާހަކަތަކަށްފަހުއެވެ. ޕުޓިންއާއެކު ކުރެއްވި މަޝްވަރާއަކީ މާ ހަރުދަނާ މަޝްވަރާއެއް ނޫން ކަމަށާއި ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމަ ހުއްޓާލުމަށް "އެއްވެސް ކުރިއެރުމެއް" ލިބިފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަމްޕް ވަނީ ޔޫކްރޭންގެ ހަނގުރާމަ ވަރަށް އަވަހަށް ނިންމާލާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނު އެކަމަށް ކުރެއްވި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. އޭގެ ތެރޭގައި ޕޫޓިންއާ އެކު ކުރެއްވި ގިނަ ފޯނު ކޯލްތަކެއްވެސް ހިމެނެއެވެ. ޔޫކްރޭނާއި ރަޝިޔާގެ އޮފިޝަލުން މެއި މަހު ތުރުކީގައި ސީދާ މަޝްވަރާތަކަށް ބައްދަލުކޮށް ގައިދީން ބަދަލުކުރުމަށް އެއްބަސްވި ހަނގުރާމަ ހުއްޓާލުމަށް ވަގުތީ އެއްބަސްވުމަކަށް ވެސް މިހާތަނަށް އާދެވިފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ