އެމްޔޫ ސްޓޯރުން މަޖީދީމަގުގައި އާ ފިހާރައެއް ހުޅުވައިފި

އެމްޔޫ ސްޓޯރުގެ އާ ފިހާރައެއް މަޖީދީމަގުގައި ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - 'އެމްޔޫ ސްޓޯރު ސެންޓްރަލް'ގެ ނަމުގައި ހުޅުވި އާ ފިހާރައާ އެކު، އެމްޔޫ ސްޓޯރުން ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެ، މާލޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ތަކެތި ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ތަފްސީލް - މި ފިހާރައިން އެމްޔޫ ސްޓޯރުން ރާއްޖެއަށް އެތެރެކޮށް، ވިއްކާ ހުރިހާ ބްރޭންޑްތަކެއް ހޯލްސޭލް އަދި ރީޓެއިލްކޮށް ގަންނަން ލިބޭނެ އެވެ. އޭގެ ތެރެއިން މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި:
ލެކްނޯ 
އިންޑޯމިލްކް 
އޮލިޓާލިއާ 
ކިން 
ޓޮޕް ޑިޓާޖެންޓް 
ޕިޔާލޭ ޕާސްތާ 
ޑޯސްޓޯރީ 
ޓައިސަން 
ބަންޑާރީ 
މެކް-ސީ 
ހެޕީ ޖޫސް
މާލޭގެ މެދުތެރެއިން މިފަދަ ފިހާރައެއް ހުޅުވުމުގެ ސަބަބުން، ގޭގެއަށް ބޭނުންވާ ތަކެއްޗާއި ވިޔަފާރިތަކަށް އެމްޔޫ ސްޓޯރުގެ މަޝްހޫރު ބްރޭންޑްތައް ހޯދަން އެތައް ގޮތަކުން ފަސޭހަވެގެންދާނެ އެވެ.
'އެމްޔޫ ސްޓޯރު ސެންޓްރަލް'ގެ އިތުރުން، އެމްޔޫ ސްޓޯރުގެ އެހެން ފިހާރަތަކަކީ:
މަރުކަޒީ ބޭންކު، އެމްއެމްއޭ އިމާރާތް ކައިރީގައި ހުންނަ 'އެމްޔޫ ސްޓޯރު މާލެ'
ކެނދިގަސް ހިނގުމުގައި ހުންނަ 'އެމްޔޫ ސްޓޯރު ގުޑްސްމާޓް'
ހުޅުމާލޭ ރޫހަގަނޑު 1 ކައިރީގައި ހުންނަ 'އެމްޔޫ ސްޓޯރު ހުޅުމާލެ ހުޅުމާލޭ ސިންތެޓިކް ޓްރެކް ކައިރީގައި ހުންނަ 'އެމްޔޫ ސްޓޯރު ހުޅުމާލެ ޓްރެކްސައިޑް 
އަމީން އެވެނިއު ޓީކް ހުޅުމާލޭގައި ހުންނަ 'އެމްޔޫ އެކްސްޕްރެސް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ