ލަންޑަން (ޖުލައި 10) - އިންގްލެންޑްގެ ބާރު އުކުންތެރިޔާ، ޖޯފްރާ އާޗާ އަށް އިންޑިއާއާ ދެކޮޅަށް ކުޅޭ ޓެސްޓް ސީރީސްގެ ތިން ވަަނަ މެޗުގެ ޓީމުން ފުރުސަތު ދީފި އެވެ.
އާޗާ، 30، އަށް ވަނީ ހަަތަރު އަހަރަށް ފަހު، އިންގްލެންޑްގެ ސްކޮޑުން ފުރުސަތު ދީފަ އެވެ. އެކަމަކު، އިންގްލެންޑުން ޓެސްޓް ސީރީސް ތެރޭގައި ބާއްވަމުން އަންނަ ފަރިތަކުރުންތަކުގެ ތެރެއިން ބައެއް ސެޝަންތަކުގައި އާޗާ އަށް، އެކި ސަބަބުތަކާ ހުރެ ބައިވެރިވެވޭ ގޮތް ނުވުމުން، އޭނާ އަށް ޓީމު ސްކޮޑުން ކުރީ ދެ މެޗުގައި ވެސް ޖާގަ ނުލިބުނީ އެވެ.
އިންގްލެންޑްގެ ކެޕްޓަން، ބެން ސްޓޯކްސް ބުނީ، އާޗާ އަށް ކުޅެވުމަކީ ޓީމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށާއި އަދި ސަޕޯޓަރުންގެ މެދުގައި ވެސް މެޗުގައި ނަގާ ފޯރި އިތުރުވާނެ ކަމަށެވެ.
އިންގްލެންޑްގެ އެކި ފޯމެޓްތަކުގެ ކްރިކެޓް ޓީމުތަކުން ލިބުނު ފުރުސަތުތަކުގައި ތަފާތު ދައްކަމުން އައި، އާޗާ ވިދާލިއިރު، އެންމެ ފަހުން، އިންގްލެންޑް ޓީމަށް ޓެސްޓް ކްރިކެޓް މެޗެއް ކުޅުނީ 2021 ވަނަ އަހަރު އެވެ. އެއީ، ވެސް އިންޑިއާއާ ދެކޮޅަށެވެ. ފާއިތުވި އަހަރުތަކުގައި، އަތުގެ އުޅަބޮއްޓަށާއި ބުރަކަށީގެ އަނިޔާތަކުގެ ސަބަބުން އާޗާ އަށް ގިނަ މެޗުތަކެއް ގެއްލިގެންދިޔަ އެވެ.
އިންޑިއާ އާއި އިންގްލެންޑްގެ ޓެސްޓް ކްރިކެޓް، ސީރީސްގެ ފުރަތަމަ މެޗުން ލީޑްސްގައި އިންޑިއާ ބަލިވީ، ފަސް ވިކެޓުންނެވެ. ދެ ވަނަ މެޗު، ބާމިންހަމްގައި ކުރިއަށްދިޔައިރު، އިންޑިއާ މޮޅުވީ، 336 ލަނޑުންނެވެ. މިއީ، ބާމިންހަމްގައި ކުޅެގެން އޭޝިއާ ޓީމަކަށް ޓެސްޓް ކްރިކެޓްގައި ލިބިގެންދިޔަ ފުރަތަމަ މޮޅެވެ.
ޓެސްޓް ސީރީސްގެ މުހިންމު ތިން ވަނަ މެޗު، މިއަދު ފަށާނީ ލޯޑްސްގަ އެެވެ. އެ މެޗު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި މެޗުގައި، އިންޑިއާގެ ބާރު އުކުންތެރިޔާ، ޖަސްޕްރީތު ބުމްރާ ކުޅޭނެ އެވެ.
އިންޑިއާ އިން އެންމެ ފަހުން، އިންގްލެންޑްގައި ޓެސްޓް ސީރީސް އަކުން މޮޅުވީ، 2007 ވަނަ އަހަރު އެެވެ.
ރިސްކު ނުނަގަން އިންގްލެންޑުން އާޗާ ޓީމުގައި ހިމަނައިފި ރިސްކު ނުނަގަން އިންގްލެންޑުން އާޗާ ޓީމުގައި ހިމަނައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ