ކުރިއަށް އޮތް ދެ ދުވަހު މޫސުން ރަނގަޅުވާނެ: މެޓް އޮފީސް

ޖުމްލަ ގޮތެއްގައި ކުރިއަށް އޮތް ދެ ދުވަހު މާލޭ ސަރަޙައްދަށް މޫސުން ރަނގަޅުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު މޫސުން ރަނގަޅުވީ ނަމަވެސް މާދަމާ ފަތިހު ކެރީގެ އަސަރު ކުރާނެ އެވެ.
އަދި ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި ކަނޑުތަށް މަޑުވާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މިއަދަކީ ދަރިވަރުންގެ ރިޕޯޓް ފޮތް ދޭ ދުވަހެވެ. އަދި ކުރިއަށް އޮތީ މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދާއި ސުކޫލް ބަންދު ދުވަސްވަރުކަމުން، ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަން ފަށާނެ އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ކަނޑުދަތުރު ކުރަން މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ