މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް 574 މިލިއަން ރުފިޔާގެ ފައިދާއެއް

މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް 574 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
ވީކިހިނެއް؟ - އެސްޓީއޯއިން ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ހިސާބުތައް މިއަދު އާންމުކޮށްފަ އެވެ.
ތަފްސީލް - އެސްޓީއޯއިން ބުނި ގޮތުގައި ކުރީ ކުއާޓަރާ އަޅާބަލާއިރު އާމްދަނީ އާއި ފައިދާ ވަނީ ދަށްވެފަ އެވެ. އެ ގޮތުން:
ޖުމުލް އާމްދަނީއަކީ 3.6 ބިލިއަން ރުފިޔާ؛ އެއީ ކުރީ ކުއާޓަރާ އަޅާބަލާއިރު %12 ދަށްވުމެއް
ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި މިކުއާޓަރގައި ތެލުގެ ޑިމާންޑް ދަށްވުމުން
ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް އެހެން ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައި 
ޖުމުލަ ފައިދާއަކީ 574 މިލިއަން ރުފިޔާ؛ އެއީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު %2 ދަށްވުމެއް
ޖުމުލަ ފައިދާ ދަށްވިއިރު ހިންގުމުގެ ހަރަދު ވަނީ އިތުރުވެފައި އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 236 މިލިއަން ރުފިޔާ؛ އެއީ %11 ދަށްވުމެއް
ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބުނީ 163 މިލިއަން ރުފިޔާ؛ އެއީ ކުރީ ކުއާޓަރަށްވުރެ %3 ދަށްވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ