އެއިރޯބްރިޖު އޮޕަރޭޓްކުރާ މުވައްޒަފުން ތަމްރީންކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ އެއިރޯބްރިޖް، ޕަސިންޖާ ބޯޑިން ބްރިޖު އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީންކޮށްފި އެވެ.ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލް މި މަހުގެ 26 ގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އޭގެ ތެރެއިން އެންމެ މުހިންމު އެއްބަޔަކީ ޕެސެންޖާ ބޯޑިން ބްރިޖުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުމެވެ.އެއީ ރާއްޖެ އަށް ވެސް މުޅިން އާ ހިދުމަތަކަށް ވާތީ އެކަމަށް ވީއައިއޭ އިން ހާއްސަ އިސްކަމެއް ދިން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.އެއިރޯބްރިޖު ހުޅުވުމުން ފަސިންޖަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކަށް ވާނީ ޓާމިނަލް ތެރެއިން އެއިރޯބްރިޖަށް އަރައި، ސީދާ ބޯޓަށް އެރޭ ގޮތް ވުމެވެ. މިހާރު އަމަލުކުރާ އުސޫލަކީ ޓާމިނަލުން ނިކުމެ އިރުކޮޅަކު ހާމަތަނެއްގައި ހިނގަމުން ގޮސް ފްލައިޓަށް އެރުމެވެ. ޓާމިނަލްއާ ތަންކޮޅެއް ދުރުގައި އޮންނަ ފްލައިޓްތަކަށް ފަސިންޖަރުން ދާން ޖެހެނީ ބަހުގަ އެވެ.ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.ވީއައިއޭގެ އާ ޓަމިނަލް ހުޅުވުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ