ޔާމީނު ބުނެދިނީ ފޭސް ކުރަންކެރޭ ފިރިހެން ސިފަހުރި މުލުވަގު

ފިރިހެން ވިޔަސް ފުކެއް ބޮޑުވަރެވެ. " އަލުގަނޑު ވެއްޖެއްޔާ، ހުރިހާ ވައްކަމެއް ކުރީ އަޅުގަޑު. އެކަމު އަޅުގަނޑެއް އަޅުގަނޑު ކުރާ ވައްކަމާއި އަޅުގަނޑު އަތުގަހުރި ލާރި، އަޅުގަނޑު އެއަށް ފޭސް ކުރަން ނުކެރިގެން  އަޅުގަނޑުގެ އަނބި މީހާއާއި ދަރިންގެ ނަމަކު ނުބަހައްޓަމޭ. ހާދަ ފިނޑި ކަމެކޭ އެއީ. އެއީކީ ފިރިހެން ސިފައެއް ނޫނޭ" ރައީސް ޔާމީނު އާއްމު އެއްވުމެއްގައި ވިދާޅުވުމަކީ ޔާމީނުގެ ފިރިހެންކަން އެނގިގެން ދިޔަ ކަމެއްނޫނެވެ. 
އާއްމު އެއްވުމެއްގައި އެ މޭރުމުން ރައީސް ޔާމީނު ވާހަކަ ދެއްކެވުމުން ރައްޔިތުންނަށް ކަށަވަރުވެގެން ދިޔައީ ޔާމީނަކީ މުލުވަގުކަމެވެ. ވެރިކަމުގައި ހުންނަވާ އާއްމު އެއްވުމެއްގައި އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުޅިގެން އަމިއްލަ ގެކޮޅަށް ވަނތް ފައިސާ ހަލާލު ނޫންކަމަށް ވިދާޅުވި ޔާމީނު އަނެއްކާވެސް ކަށަވަރު އެކޮށްދެއްވީ ރައީސް ކަމުގައި ހުންނަވައިގެން ދައުލަތުން ވައްކަން ކުރެއްވިކަމެވެ. ރައީސް ޔާމީނު އިއްޔެރޭ ވޭކަޕް އެއްވުމުގައި ރައްޔިތުންނަށް ކަށަވަރު އެކޮށްދެއްވީ ރައީސް ޔާމީނުގެ އެކައުންޓަށް ވަދެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވި ގޮތްނޭނގޭ ހުރިހާ ފައިސާއަކީ ދައުލަތުން ވައްކަންކޮށްގެން ހޯއްދަވާފައިވާ ފައިސާކަމެވެ. 
ފިސާރި ގަޓު ހުރެގެން ފިރިހެންވާން އަމިއްލަ އެކައުންޓްގައި ވައްކަމުގެ ފައިސާ ބެހެއްޓިކަމަށް ރައީސް ޔާމީނު ވިދާޅުވުމުން ބަޔަކު އަތްޖެއްސަސް އެއްޔަކީ ޔާމީނުގެ ގަދަކަމެއް މޮޅުކަމެއް ނޫނެވެ. އަނބިދަރިންނާއި ރައްޓެހިންގެ އެކައުންޓްގައި ނުވަތަ އަމިއްލަ އެކައުންޓްގައި ބެހެއްޓިޔަސް ހަރާމު އެއްޗެއް ހަލާލެއް ނުވާނެއެވެ. ފޭސްކުރަން ކެރިގެން ވަގުފައިސާ އަމިއްލަ އެކައުންޓުގައި ބަހައްޓައިގެން ދޮގުހެއްކާއި ނުފޫޒުން ޝަރީއަތަށް ސާބިތު ނުވުމަކީ ވަގު ފައިސާ ހަލާލު ވާކަމެއް ނޫނެވެ. ކުރި ވައްކަން ނުކުރާ ކަމަށް ވާކަމެއްވެސް ނޫނެވެ. ހަމަ ގައިމު ހެއްދެވިފަރާތާއި އަމިއްލަ ނަފްސަށް އެކަމެއް ނުއޮޅޭނެއެވެ.
އިންސާފު އަރުއްވައިގެންފައިވާ ގައުމެއްގައި ކުރާ ޝަރީއަތުން ބޮޑެތި ރަތްލާޖެހި ވަގުން ބޯދަމައިގަތުމަކީ އައުކަމެއް ނޫނެވެ. އާއްމު ތަންތާ ރައީސް ޔާމީނު ދައްކަވާފައިވާ ވާހަކުތަކުން އެކަނިވެސް އަދީބަށްވުރެ ބޮޑު ވަގަކީ ޔާމީނު ކަމަށް އެތައް ބަޔަކު ގަބޫލުކުރެއެވެ. އަދީބަކީ ރައީސް ޔާމީނަށް ވައްކަން ހިންގާދިން މީހާކަމާމެދަކު މީހަކު ޝައްކެއް ނުކުރެއެވެ. މުއިއްޒު ސަރުކާރުގައި އަތްއަބުރާލާފައި ކޮރަޕްޝަން ހިންގަނީ ރައީސް މުއިއްޒަށް އެގިގެން މުއިއްޒު ކުރުވާކަމެއްގެ ގޮތުގައިކަމަށް ތަކުރާރުކޮށް ރައީސް ޔާމީނު ވިދާޅުވާހެން ރައީސް ޔާމީނު ވެރިކަމުގައި އަދީބަށް ކުރެވޭނީވެސް ރައީސް ޔާމީނު ކުރުވި ކަމެކެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ދަނޑިމަތި އަނބުރަން އަރިހުގައި އުޅުނު ގިނަ މީހުން މިހާރު އެތިބީ ރައީސް މުއިއްޒާއި އެކުގައެވެ. ޒަމީރާއި ސައީދާއި ގައްސާނާއި ފަޒުލާއި ޝުޖާއާއި ފަލާހު ފަދަ އެތައް ބައެކެވެ. މުއިއްޒާ ގުޅިގެން ބައި އަޅައިގެން އެންމެން އުޅެނީ ދައުލަތް ވީދާ ކެއުމުގައި ކަމަށް ރައީސް ޔާމީނު ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ. އަނެއްކޮޅުން ސައީދާއި ފަލާހާއި ޝުޖާ ފަދަ އެތައް ބަޔަކު ފާޅުގައި ރައީސް ޔާމީނަށް ވަގަށް އެބަގޮވައެވެ. އެހެނެއް ކަމަކު ވަގުގައި ވަގުހިފާ އެކެެއް އަނެކަކަށް ވަގަށް ގޮވިޔަސް ފޭސް ކުރަންކެރޭ ފިރިހެން ސިފަހުރި މުލުވަގަކީ ޔާމީނުކަން ޔާމީނު ސާބިތުކޮށްދީފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ