މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކޮށްފި އެވެ.
މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި އެ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުނު ފުރަތަމަ ފަހަރެވެ. އެ ދާއިރާގެ ގޮނޑި މިހާތަނަށް ފުރުއްވަމުން ގެންދެވީ މިދިޔަ ފެބްރުއަރީ މަހު ކެންސަރު ބަލީގައި އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާ އެވެ.
އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރީ ޝާޒްގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ފަރާތުން އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަދި އެމްއެންޕީގެ ފަރާތުން އަލީ އަރީފެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް, ގުރައިދޫ, މާފުށި އަދި ގުޅީގެ އިތުރުން އިއްޒުއްދީން ސްކޫލުގަައި ވޯޓު ފޮށި ބެހެއްޓި އިރު، އެއް ފޮށި ފިޔަވާ ހުރިހާ ފޮއްޓަކުންވެސް ކުރި ހޯދީ ޝާޒެވެ. އެއީ ގުރައިދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށިންނެވެ. އެ ފޮށިން ކުރި ހޯދީ ޕީޕީއެމްގެ ކެންޑިޑޭޓް ރިޒާ އެވެ. އެއީ އެންމެ ނުވަ ވޯޓުގެ ތަފާތަކުންނެވެ.
އިތުރު ތަފުސީލު އަންނަނީ …
ޕީޕީއެމްގެ ބޮޑު މެޖޯރިޓީއެއް އޮތް ގުރައިދޫ ދާއިރާގެ ގޮނޑި، އެމްޑީޕީގެ ޝާޒަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ