ޢިމްރާން ޚާން ހައްޔަރުކުރުމަށް ކުރާ މަސައްކަތް މަޑުޖައްސާލުމަށް ކޯޓުން އަމުރުނެރެފި

ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން
ހައްޔަރުކުރުމަށް ޕާކިސްޠާން ފުލުހުން ކުރަމުންދާ މަސައްކަތް މަޑު ޖައްސައިލުމަށް
ލާހޯރުގެ ހައިކޯޓުން ފުލުހުންނަށް އަންގައިފިއެވެ.
ކޯޓުން ފުލުހުންނަށް އަމުރުކުރީ ޢިމްރާން ޚާން
ހައްޔަރުކުރުން ހުކުރުދުވަހަށް ލަސްކުރުމަށެވެ. އަދި ހައިކޯޓުން މިގޮތަށް
އަމުރުނެރެފައިވަނީ ޢިމްރާން ޚާންގެ ސަޕޯޓަރުންނާއި ޕާކިސްޠާނުގެ ސެކިޔުރިޓީ
ފޯހާއި ދެމެދެ އިއްޔެ ހިނގައިދިޔަ ފަދަ ހަމަނުޖެހުންތަކެއް ހިނގުން ހުއްޓުވުމަށް
ޓަކައި ކަމަށްބުނެއެވެ.
ލާހޯރުގެ ހައިކޯޓުން ޢިމްރާން ޚާން ހައްޔަރުކުރުމަށް
ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ދީފައިވާ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.
އަދި ޕާކިސްޠާނުގެ ސްޓޭޓް އިންފޮމޭޝަން މިނިސްޓަރު އާމިރް މިރް ވެސް ވަނީ އެކަން
ކަށަވަރުކޮށްދީފައެވެ.
Advertisement
ހައިކޯޓުން ޕާކިސްޠާން ތަހްރީކޭ އެ-އިންސާފު ޕާޓީ އަށް
އަމުރުކޮށްފައިވަނީ އެޕާޓީއިން އާދީއްތަ ދުވަހު ލާހޯރުގައި ބޭއްވުމަށް
ހަމަޖެހިފައިވާ ރެލީ ނުބޭއްވުމަށެވެ. އެދުވަސް ދިމާވަނީ ޕާކިސްޠާން ސުޕަރ ލީގް
ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ މެޗެއް ލާހޯރުގައި ކުޅޭ ދުވަހަކާއިއެވެ.
އަންގާރަދުވަހާއި ބުދަދުވަހު އެއްވި ޢިމްރާން ޚާންގެ
ސަޕޯޓަރުން ވަނީ ދަނޑިބުރި ތަކާއި އޮއްގަލުން ޕާކިސްތާނުގެ ސެކިޔުރިޓީ ފޯސްގެ
ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ތައް ހިންގައިފައެވެ. އަދި ބެރިކޭޑް
ބޭނުން ކޮށްގެން ފުލުހުން ޢިމްރާން ޚާންގެ ގެއަށް ޕޮލިހުން ވަނުން
ހުއްޓުވާފައިވެއެވެ. ފުލުހުން ޢިމްރާން ޚާން ހައްޔަރުކުރުމަށް ނެރެފައިވާ
އަމުރުގައި ބުނެފައިވާ އިލްޒާމް ތަކަށް ޢިމްރާން ޚާން ވަނީ ދެކޮޅުހަދައިފައެވެ.
އަދި އެއީ ދޮގު އިލްޒާމްތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ