1000 ފަހަރު ވެސް ބުނާނީ ކެނޑިޑޭޓަކީ ރައީސް ޔާމީން: އަދުރޭ

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަ ކުރާނެ ކަމަށާއި އިދިކޮޅު ކެނޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް 1000 ފަހަރު ބުނަން ޖެހުނަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރަސްފަނު ސަރަހައްދުގައި މާހެފުމަކާއެކު ބޭއްވި މުޒާހަރާގެ ތެރެއިން އެ ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެއްވެސް ބޭފުޅަކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓާ މެދު ސުވާލު އުފައްދަން މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
 
އަދުރޭ އިތުރަށް ވިދާޅުވީ ޔާމީން ވެރިކަމަށް ގެންނަން ގައުމުގެ ޒުވާނުންނާއި އަންހެނުން އަދި ދޮށީ އުމުރުފުރައިގެ މީހުން ބޭނުންވާ އެތައް ސަބަބެއް ހުރި ކަމަށް އަދުރޭ ވިދާޅުވި އެވެ. ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށާއި ބޭރުގެ އަސްކަރިއްޔާތަކަށް ޖާގަ ނުލިބޭނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ