ރާއްޖޭގައި އޮންލައިންކޮށް ކުރިއަށްގެންދާ ނާރސިންގ ޕްރޮގްރާމްތައް، މޯލްޑިވް ކުއެލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބަލައިނުގަންނާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
މިކަން ހާމަކޮށް، އެމްކިއުއޭއިން ކުރި އުލާނުގައި ވަނީ، އޮންލައިންކޮށް ހިންގުމުގެ ހުއްދަ ލިބިގެން ހިންގަމުން އަންނަ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ މަތީ ތަޢުލީމީ ޕްރޮގްރާމްތައް ކުރިޔަށް ގެންދެވޭނީ 2022ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20ވަނަ ދުވަހުގެ ކުރިން ފައްޓާފައިވާ ކޯސްތައް ކަމަށް މީގެކުރިއެން އެމްކިއުއޭއިން ބުނެފައިވާކަން ފާހަގަކޮށްފައެވެ.
އެމްކިއުއޭއިން ބުނީ، އެ އިދާރާއިން އެހެން ބުނެފައިވީ ނަމަވެސް ނާސިންގެ ދާއިރާގެ ކޯސްތައް އޮންލައިކޮށް ކުރިއަށް ގެންދިއުމަކީ އެ ދާއިރާގެ ލައިސެންސިންގ އިދާރާ ކަމުގައި ވާ މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތް ނޫންކަމަށް، ނާސިންގ ކައުންސިލުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
ނާސިންގ ކައުންސިލުން އެހެން އެންގުމުގެ ސަބަބުން، ނާސިންގ ދާއިރާގެ ކޯސްތައް އޮންލައިކޮށް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެ އޮތޯރިޓީން އެމްކުއިއޭއިން، އެ އޮތޯރިޓީން ވަނީ، ނަރސިންގ ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް މަތީތައުލީމުދޭ މަރުކަޒުތަކުން މިހާރު ހިނގަމުންދާ ސެމިސްޓަރގެ ނިޔަލަށް އޮންލައިންކޮށް ނާރސިންގ ދާއިރާގެ ކޯސްތައް ހިންގުން ހުއްޓާލުމަށް ވެސް އަންގާފައެވެ.
އެމްކިއުއޭއިން ބުނީ، މި އެންގުމާ ހިލާފަށް ހިންގަމުން އަންނަ ނާރސިންގ ޕްރޮގްރާމްތައް، މި ދާއިރާގެ ލައިސެންސިންގ އިދާރާ ކަމުގައިވާ ނާރސިންގ ކައުންސިލްގެ ލަފަޔާ އެއްގޮތަށް އެމްކިއުއޭ އިން ބަލައިނުގަންނާނެ ކަމަށެވެ.
އޮންލައިންކޮށް ކިޔަވާ ނާސިންގ ދާއިރާގެ ކޯސްތައް ގަބޫލުނުކުރާނެ: އެމްކިއުއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ