ގާޒީ އަލީ ޝަރީފް އިދެގެން އޭނާގެ މައްސަލަ ބަލާ ވާހަކަ ދޮގުކޮށްފި

ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު އަލީ ޝަރީފްއާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރަމުންދާ ކޮމިޓީގައި އޭނާ ހިމެނިވަޑައިނުގަންނަވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ވަކި ފަނޑިޔާރެއްގެ ނަން ހާމަނުކުރި ގާޒީ އަލީ ޝަރީފްގެ މައްސަލަ ބަލަމުންދާ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގައި އޭނާ ހިމެނިވަޑައިގަންނަވާ ކަމަށް އޮންލައިން ނޫހަކުން ހަބަރު ފަތުރާފައިވެ އެވެ.
އެނގުން މުހިއްމު - ފަނޑިޔާރު އަލީ ޝަރީފްގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީ އަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކުރުމާ ގުޅިގެންނެވެ. މަސްއޫދުގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ވަކި ފަރާތެއްގެ މަސްލަހަތަށް ބުރަވެ އަދުލު އިންސާފުގެ ހަމަތަކާ ހިލާފަށްކަމުގެ ތުހުމަތު ފަނޑިޔާރު އަލީ ޝަރީފަށް ކުރެވޭ ކަމަށް ބުނެ އެވެ.
އިތުރަށް ކިޔާލަން- މަސްއޫދަށް ހަމަލާދިން މައްސަލައިގައި ހުކުމްކުރި ގާޒީގެ މައްސަލަ ޖޭއެސްސީއަށް
ބުނީ ކީކޭ؟ - ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅޭ އެއްވެސް މައްސަލައެއްގެ ތަހުގީގު ކޮމިޓީއެއްގައި އެބޭފުޅަކު ހިމެނިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ފަނޑިޔާރަކާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ އެއްވެސް މައްސަލައެއްގެ ތަހުގީހު ކޮމިޓީއެއްގައި ނުވަތަ އެ ފަނޑިޔާރަކާ ގުޅޭގޮތުން ކޮމިޓީއެއްގައި ނުވަތަ ކޮމިޝަނުގައި ނިންމާ ނިންމުމެއްގައި މެންބަރެއްގެ ހައިސިއްޔަތުން އެ ފަނޑިޔާރަކު ބައިވެރިވެވަޑައިނުގަންނަވާކަން ދަންނަވަމެވެ،" ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަސް މަންޒަރު - 3 އޮގަސްޓް 2021 ވަނަ ދުވަހުގެ ރޭ މަސްއޫދު، އޭނާގެ އަނބިމީހާއާ އެކު ލ. ފޮނަދޫގައި ސައިކަލެއްގައި ދަނިކޮށް، އެހެން ސައިކަލެއްގައި އައި މީހަކު މަސްއޫދާ އަރާ ހަމަކޮށް ދަގަނޑުބުރިއަކުން އޭނާގެ އަތުގައި ޖަހައި އޭނާ ޒަހަމްކޮށްލި އެވެ. އެ ހަމަލާ ދިނުމުގެ ދައުވާ ދައުލަތުން ކުރީ ލ. ފޮނަދޫ، ދިލްކުސާގޭ، އަހުމަދު ޝަމީމްގެ މައްޗަށެވެ.
މައްސަލައިގެ ހުލާސާ:
ޝަމީމްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ
ޝަމީމްގެ މައްޗަށް ކުށް ސާބިތު ކުރުމަށްޓަކައި، ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ހެކީގެ ގޮތުގައި ހުށަހެޅި
މަސްއޫދާއި އޭނާގެ އަންހެނުން ވެސް ހެކި ބަސް ދިން
ނަމަވެސް ފަނޑިޔާރު އަލީ ޝަރީފް ހުކުމް ކުރެއްވީ ޝަމީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ