ނަހުލާ ވަޑައިގެންނެވީ ޗީބޯއަށް، ޔާމީން ގެކޮޅަކަށް ނޫން!

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވަޑައިގެންނެވިކަމަށް ބުނާ ޚަބަރު ދޮގުކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި ރައީސް ޔާމީންގެ ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަނީކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފޮޓޯތަކެއް ވަނީ ދައުރުކޮށްފައެވެ.
އެވާހަކަތައް ދޮގުކުރައްވާ ޖޭޕީގެ ޗީފް ސްޕޯކްސްޕަރސަން އަލީ ސޯލިހު ވިދާޅުވީ މިނިސްޓަރ ވަޑައިގެންނެވީ ޗީބޯއަށް ކަމަށެވެ. ހުޅުމާލޭގައި ހުންނަ މިނިސްޓްރީގެ އޮފީހުން މާލެއަށް ވަޑައިގަތް މަގުމަތީ މިނިސްޓަރުގެ އާއިލާ ބޭފުޅުން އެތާ ތިއްބެވުމުން އެތަނަށް ވަޑައިގެންނެވީކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
"ގަހަކުން ފަތެއް ހެލިލިޔަސް، ވައިރޯޅިއެއް ޖެހިލިޔަސް ހީވަނީ މި ޖުމްހޫރީ ޕާޓީގެ ރަތް ފިޔަތަކާއި މާތައް އެތަން މިތަނުން ފޮޅޭހެން. ޖޭޕީއާއި ގާސިމަށް ބަހައްޓަވާ ސަމާލުކަމަށް ފަށްފަށުން ޝުކުރިއްޔާ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ