ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނު ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން ފަރުވާ ދެނީ
ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނު ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފިއެވެ. އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ބުރާސްފަތި ދުވަހު ގެއްލުނު އެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެކެވެ. އެ މީހާ ފެނިފައި ވަނީ މަރުވެފައި އޮއްވައެވެ. ބާކީ ހަތަރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން ވަނީ ފުޅާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ވެސް ފަށައިފައެވެ. އެމްއެންޑީއެފުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. https://x.com/MNDF_Official/status/2055589183146844507 އެމްއެންޑީއެފްއިން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއް ނުވަތަ ހޮހަޅައެއްގެ ތެރެއިންނެވެ. އެ މައްސަލައާ ގުޅިގެން އެ ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސެންސް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. https://sun.mv/222055 ޓުރިޒަމް މިނިސްޓްރީއިން ވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ފާހަގަކޮށް، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ