އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ޑައިވް ކުރަނިކޮށް ހާލު ދެރަވި ސިފައިންގެ މީހަކު ނިޔާވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ނިޔާވެފައި ވަނީ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ކަމަށެވެ.
"ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެއްޖެ،" ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުންޏެވެ.
ކަނޑުގެ 60 މީޓަރު އަޑީގައި ހުރި ހޮހޮޅައަކަށް ފޭބި ފަސް ޑައިވަރުން މަރުވި ހާދިސާގައި، ކޯސްޓްގާޑް ޑައިވަރުންނަށް މިހާރު ފޭބެނީ 50 މީޓަރާ ހަމައަށް ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން، މިއަހަރު ނިމުމުގެ ކުރިން 100 މީޓަރު އަޑިއަށް ޑައިވްކުރެވޭ ފެންވަރަށް ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ފަސް ޑައިވަރުން މަރުވީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ހޮހޮޅައެއްގަ އެވެ. ނަމަވެސް ދިވެހި ކޯސްޓްގާޑު ޑައިވަރުން ތަމްރީންވެފައި ތިބެނީ 50 މީޓަރާ ހަމައަށް ޑައިވް ކުރުމަށެވެ.
ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައިގެ ތެރެއިން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުންޏެވެ. ބާކީ ހަތަރު މީހުންގެ ހަށިގަނޑު ވަނީ ހޮހޮޅަ ތެރޭގައި ކަމަށް ބެލެވެ އެވެ.
ޑައިވް ކުރުމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ހޮހޮޅައިގެ އެންޓްރެންސް ނުވަތަ ވަންނަ ދޮރު ހުންނަނީ 55 މީޓަރާއި 60 މީޓަރާ ދެމެދުގެ ހިސާބެއްގަ އެވެ.
ޑައިވަރުން ހޯދަން އުޅުނު ސިފައިންގެ މީހަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ