ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުން ދޫކޮށްލީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
"އެހެން އޮއްވާ މިސަރުކާރު ވެރިކަމަށް އައިސްފައި އެމީހުން ދޫކޮށްލީ،" އިބޫ ވިދާޅުވިއެވެ.
އިބޫގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އޭޖީ އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލަ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އިންސާފު ނުލިބި ދިގުލައިގެން ގޮސްފައިވާތީ، އެކަމުގެ ޒިންމާ އެކި ސަރުކާރުތަކުން އެކި މުއައްސަސާތަކުގެ ބޮލުގައި އަޅުވަމުންދާކަން ފާހަގަކުރެވެއެވެ. ރޭގެ ބައްދަލުވުމަކީ ނޫސްވެރިކަމުގެ ހައްގުގައި ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވި ފުރަތަމަ ފަހަރެވެ.
ރިލުވާން މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލީ އިބޫގެ ސަރުކާރުން: އޭޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ