ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، ޒަކާތު ފަންޑުގެ އެހީގައި ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގައި ތިބެގެން މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް 11 ދާއިރާއަކުން ވަނީ ހުޅުވާލާފައެވެ. މިގޮތުން އިސްލާމީ ޔުނިވަރސިޓީ، ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖްގައި ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ. ކިޔެވުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި އިސްލާމިކް ޝަރީޢާ، ޤުރުއާނިކް ސައިންސެސް، ޖުޑީޝިއަލް ސައިންސެސް، އަދި އިސްލާމިކް ލީޑަރޝިޕް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު:
މީގެ އިތުރުން، އިއުލާނުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ބޭރުން މާސްޓަރސް ނުވަތަ ޕީއެޗްޑީ އަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެ ކޯހަކީ އިސްލާމިކް މޮޑިއުލްތައް ހިމެނޭ ކޯހަކަށް ވާންޖެހޭނެއެވެ.
ޚާއްސަ ސްކޮލަރޝިޕާއި ސްޓައިޕެންޑް:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ