މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް، މެދުހެންވޭރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް މިއަދު ހޮވިއްޖެއެވެ.
މީކާއީލް މި މަގާމަށް ހޮވިވަޑައިގަތީ، ފަސްވަނަ ދައުރަށް އިންތިޚާބުވި މާލެ ސިޓީ ކައުންސިލްގެ މިއަދު ބޭއްވި ޖަލްސާގައި ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް އިތުރު އެއްވެސް ކައުންސިލަރަކު ކުރިމަތިލައްވައިފައި ނުވުމުންނެވެ. ޕީއެންސީގެ ދެ ކައުންސިލަރުން މި ދައުރުގައި ތިއްބެވި ނަމަވެސް، އެ ބޭފުޅުންގެ ފަރާތުން ވެސް މި މަގާމަށް ވާދަކުރައްވާފައެއް ނުވެއެވެ.
- މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ (ރިލޭ)
- މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޙަނާ
- ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާ
އެމްޑީޕީގެ އެތެރޭގެ ވޯޓުގައި މީކާއީލަށް ހަތް ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޒާޔާއަށް ލިބިވަޑައިގަތީ ފަސް ވޯޓެވެ. އަދި ރިލޭއާއި ޙަނާ، މިއިން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.
އިތުރު ކައުންސިލަރަކު ކުރިމަތިނުލުމުން، މާލޭގެ ޑެޕިއުޓީ މޭޔަރުކަން މީކާއީލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ