ރައީސް ނަޝީދު ކުރިމަތިލެއްވީ މާ ފަހުން، ކުރިން ބުނިހެން މިހާރު ވެސް ތާއީދު އޮތީ މީކާއިލަށް: ޞާލިޙު
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނުކުމެވަޑައިގަތީ ތަންކޮޅެއް ފަހުން ކަމަށާއި އިންތިޚާބުގައި ވާދަކުރައްވާ މީކާއިލް އަޙްމަދު ނަސީމަށް ތާއީދުކުރައްވާ ވާހަކަ ކުރިން ވެސް ވިދާޅުވެފައި ވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރާ ދެކޮޅަށް ތިން ރައީސުން އެއް މޭޒެއް ދޮށަށް ވަޑައިގެން ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ރައިސް ޞާލިޙު ވިދާޅުވީ ކުރިއަށް އޮތީ ޕާޓީގެ އެތެރޭގެ އިންތިޚާބު ކަމަށެވެ. އެ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ނަޝީދު ނުކުމެވަޑައިގަތީ ތަންކޮޅެއް ފަހުން ކަމަށާއި ނަޝީދާއެކު ދެން އިންތިޚާބުގައި ވާދަކުރައްވާ މީކާއިލް ތިން މަސްކުރިން ނުކުމެވަޑައިގަތް ކަމަށް ޞާލިޙް ވިދާޅުވިއެވެ. ހަމަ އޭރު، މީކާއިލަށް ތާއީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިން ކަމަށާއި، އަދިވެސް ހުންނެވީ ހަމަ އެގޮތުގައިކަން ޞާލިޙު ހާމަކުރެއްވިއެވެ. ދެން މިއޮތީ ޕާޓީގެ އެތެރޭގެ [ޗެއާޕާސަން އިންތިޚާބު]، ރައީސް ނަޝީދު މި އިންތިޚާބަށް ނިކުމެވަޑައިގަތީ ތަންކޮޅެއް ފަހުން. މީކާއިލް ތިން މަސް ކުރިން ނިކުމެއްޖެ. ނިކުތް ތަނުން އަޅުގަނޑު މީކާއިލްއަށް ތާއީދުކުރައްވާ ވާހަކަ އޮންނާނީ ބުނެފައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ތިން ބޭފުޅަކު ވަނީ އެ މަގާމަށް ކުރިމަތިލައްވާފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޕީ މީކާއިލް އަހްމަދު ނަސީމްގެ އިތުރުން އިބްރާހީމް މުޙައްމަދު (ވާޑު) ހިމެނެއެވެ. އެ ތިން ބޭފުޅުންގެ ތެރެއިން މިކާއިލާއި ކުރީގެ ރައީސް ނަޝީދު އަންނަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ. ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ އެކުގައި ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕޭނުންނެވެ. https://sun.mv/221815 ބަހުގެ ވަރުގަދަ ހަމަލާތަށް ދެފަރާތުން ވެސް ފޮނުވަމުންދާއިރު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އަންނަނީ އެމްޑީޕީ މިހާރު އޮތީ މަރުވެފައި ކަމަށާއި ޕާޓީ ވަރުގަދަކުރެވޭނީ ނަޝީދާ ހަވާލުކޮށްގެން ކަމަށް ވިދާޅުވަމުންނެވެ. އަދި މީކާއިލް ވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވައިގެން ހުންނެވި ބޭފުޅަކު އެ ޕާޓީގެ ޗެއާޕާސަންކަމަށް އިންތިޚާބުކޮށްފިނަމަ، ޕާޓީ އަލުން މަގުމަތިވެ، އަންނަ ރިޔާސީ އިންތިޚާބު ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފައެވެ. https://sun.mv/221681 ޗެއާޕާސަން އިންތިޚާބު ބާއްވަން އެމްޑީޕީން އިއުލާނުކުރީ ޖޫން 12 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ