ވޯލްޑް ކަޕް 2026: ޒިޔެޗް އާއި ނަސޭރީ ބާކީކޮށް، މޮރޮކޯގެ ސްކޮޑް އިއުލާނުކޮށްފި

މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މޮރޮކޯގެ ހެޑް ކޯޗު މުހައްމަދު އުއާބީ އެކުލަވާލި ފައިނަލް ސްކޮޑު މިދިޔަ އަންގާރަ ދުވަހު އިއުލާންކޮށްފިއެވެ. މި ސްކޮޑު އިއުލާންކުރުމާއެކު، ގައުމީ ޓީމުގެ އެންމެ މަގުބޫލު ބައެއް ކުޅުންތެރިން ބާކީވެފައިވާތީ ސަޕޯޓަރުންނާއި އެނަލިސްޓުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ސްކޮޑުން ބާކީވި ފާހަގަކޮށްލެވޭ ކުޅުންތެރިން މޮރޮކޯ ޓީމުގެ ކެޕްޓަން އަޝްރަފް ޙަކީމީ އާއި ޒިޔެޗް.. ފޮޓޯ/ ފޯފޯޓޫ ސްކޮޑުން ބާކީވި ކުޅުންތެރިންގެ ތެރޭގައި އެންމެ ހައިރާންކުރުވަނިވި ނަމަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވިދާލި ޔޫސުފް އެން-ނެސީރީ އެވެ. ކުއާޓާ ފައިނަލުގައި ޕޯޗުގަލް ކޮޅަށް ލަނޑު ޖަހައި މޮރޮކޯ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މި ފޯވާޑަށް މިފަހަރުގެ ސްކޮޑުން ފުރުސަތު ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، ޓީމުގެ މުހިންމު ތަނބެއް ކަމަށްވާ ހަކީމް ޒިޔެޗް ވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ. މިއީ ޓީމުގެ އެޓޭކިންގް ވަރުގަދަކުރުމަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކޯޗު ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ. މޮރޮކޯ ޓީމުން ބާކީކުރި، އެން-ނަސީރީ... ފޮޓޯ/ މޮރޮކޯ ނިއުސް ދަނޑުމަތީގައި ބޯޅަ ހިފައިގެން ބާރު ދުވެއްޔެއް ދުވުމުގައި މަޝްހޫރުކަން ހޯދާފައިވާ މަޝްހޫރު ސޯފިއާން ބޫފަލް ވެސް ވަގުތީ ސްކޮޑުން ފުރުސަތު ދިނުމަށް ފަހު ފައިނަލް ސްކޮޑުން ވަނީ އުނިކޮށްފައެވެ. އަދި ޒުވާން ހުނަރުވެރި ކުޅުންތެރިން ކަމަށްވާ އެލީސް ބެން ސަގީރު، އަމީން އަދްލީ އަދި އިލިޔާސް އަޚޯމަޗް އަށް ވެސް މިފަހަރުގެ ސްކޮޑުން ޖާގަ ލިބިފައެއް ނުވެއެވެ. އާ މޫނުތަކާއި ތަޖުރިބާކާރު ކުޅުންތެރިން ކޯޗު އުއާބީގެ އާ ސްކޮޑުގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އައްޔޫބް އެލް ކާބީ، ސޫފިއާން ރަހީމީ، ބްރަހީމް ޑިއާޒް އަދި އަބްދުއްސަމަދު އެޒަލްޒޫލީ ފަދަ ކުޅުންތެރިން ހިމެނެއެވެ. ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ޔާސީން ބޫނޫ، އަޝްރަފް ހަކީމީ، ނައީފް އަގުއާޑް އަދި ސޯފިއާން އަމްރަބާތު ފަދަ ކުޅުންތެރިން ވަނީ ޓީމުގައި ހިމަނާފައެވެ. މޮރޮކޯ ވޯލްޑް ކަޕް ސްކޮޑް: ގޯލްކީޕަރުން: ޔާސީން ބޫނޫ، މުނީރު އަލް ކަޖޫއީ ، އަހުމަދު ރެދާ ތަގްނައުތީ ޑިފެންޑަރުން: ނުސައިރު މަޒްރާއީ، އަނަސް ސަލާހުއްދީން، ޔޫސުފް ބެލަމާރީ، ނާއިފް އަކްރަދު، ޝާދީ ރިޔާދު، އީސާ ދިއޮޕް، ރިޟްވާން ހަލްހަލް، އަޝްރަފް ހަކީމީ، ޒަކަރިއްޔާ އަލް އުވާހްދީ މިޑްފީލްޑަރުން: ސަމީރު އަލް މުރާބިތު، އައްޔޫބު ބޫއައްދީ، ނީލް އަލް އައިނާއުއީ، ސުފްޔާން އަމްރާބަތު، އައްޒުއްދީން އުނާހީ، ބިލާލް އަލް ޚައްނޫސް،، އިސްމާއިލް ސައިބާރީ ފޯވާޑުން: އަބްދުއްސަމަދު އައްޒަލްޒޫލީ، ޝަމްސުއްދީން ތަލްބީ، ސުފްޔާން ރަހީމީ، އައްޔޫބު އަލް ކައާބީ، ބްރަހީމް ދިއާޒް، ޔާސީން ޖަސީމް، އައްޔޫބު އަމައިމޫނީ. މުބާރާތުގެ ތާވަލުމި އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ ހިމެނެނީ ގްރޫޕް ސީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބްރެޒިލް، ސްކޮޓްލޭންޑް އަދި ހެއިޓީއެވެ. މޮރޮކޯގެ ފުރަތަމަ މެޗުގައި ޖޫން 14 ވަނަ ދުވަހު ބްރެޒިލްއާ ދެކޮޅަށް ނުކުންނައިރު، ޖޫން 20 ގައި ސްކޮޓްލޭންޑާ އަދި ޖޫން 25 ގައި ހެއިޓީއާ ދެކޮޅަށް ކުޅޭނެއެވެ. މޮރޮކޯއަކީ މިހާރު ފީފާ ރޭންކިންގެ އަށް ވަނައިގައި އޮތް، އެފްރިކާގެ އެންމެ ވަރުގަދަ ޓީމެވެ. ދެހާސްބާވީސް ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދި މޮރޮކޯއިން މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މަޑަގަސްކަރަ އަދި ނޯވޭއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ