މާލޭ ޓީ-ޖެޓީ ސަރަހައްދަށް އުކާފައި ހުރި 46 ޓަނުގެ ކުނި ނަގައިފި މާލޭ ސިޓީ ކައުންސިލުން ނަގައިފި އެވެ.
ކައުންސިލުން އެ ސަރަހައްދު އެންމެ ފަހުން ސާފު ކުރީ މިދިޔަ ރޯދަ މަސް ފެށުމުގެ ކުރިންނެވެ. އެހެންކަމުން އެ ސަރަހައްދަށް އެހާ ގިނަ އަދަދެއްގެ ކުނި އުކާފައި އެ ވަނީ އެންމެ ފަސް މަސްދުވަސް ތެރޭގަ އެވެ.
ކައުންސިލުން ބުނީ ޓީ-ޖެޓީ ސަރަހައްދަށް އުކާފައި ހުރި ކުނިތައް ނަގަން ތިން ދުވަސް ހޭދަވި އެވެ. އެ ތަނަށް އުކާފައި ހުރި ތަކެތީގެ ތެރޭގައި ބާ ފަރުނީޗަރާއި ކުންޏާއި އެކި ކަހަލަ ޕްލާސްޓިކު ކުނި ހިމެނެ އެވެ.
"އަޅުގަނޑު އެދެނީ މިކަހަލަ ކަންތައް ކުރާ ފަރާތްތައް އަޅުގަނޑުމެންނަށް ރިޕޯޓުކޮށްދެއްވުން. އަދި މިކަހަލަ ކަންތައް ކުރާ ފަރާތްތަކުން މިކަންތައް ނުކުރުމަށް،" އެ ސަރަހައްދުގައި ހުންނަވައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން ކައުންސިލުން ވަނީ ކާނިވާ ސަރަހައްދު ވެސް ސާފުކޮށްފަ އެވެ. އެ ސަރަހައްދުން ވެސް ވަރަށް ގިނަ އަދަދެއްގެ ކުނި ވަނީ ނަގައިފަ އެވެ.
ކައުންސިލުން ބުނީ މަގުތަކަށް ކުނި އަޅާކަން ފާހަގަ ކުރެވޭ ނަމަ އެ މަންޒަރުގެ ފޮޓޯ/ވީޑިއޯ ނެގުމަށްފަހު 9341144 އަށް ފޮނުވުމަށެވެ. ގުޅާފައި މައްސަލައެއް ރިޕޯޓު ކުރަން ބޭނުން ނަމަ 1622 އަށް ގުޅުމަށް ކައުންސިލުން އެދެ އެވެ.
ޓީ-ޖެޓީ ސަރަހައްދު މަގުމައްޗަށް އުކާފައި ހުރި 46 ޓަނުގެ ކުނި ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ