އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފިއެވެ.
އައްޑޫ ސިޓީގެ ހިތަދޫއާއި، ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތަށް ބުރޫއަރައި މެދުކެނޑޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ، ފެނަކަ ހާޒިރުކޮށް ކުންފުނިން މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް ސުވާލުކުރިއެވެ.
1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފެނަކައިން މި ހަފްތާގައި އެ ސިޓީއަށް ފޮނުވީ ސްޓެލްކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
ފެނަކައިން ބުނީ އައްޑުގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޔަގީންކުރުމަށް، އެ ސިޓީގެ ސީޕީއެސްއަށް ހޯދި 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ފެނަކައިގެ އިހުމާލުތަކެއްވާކަމަށް ބުނެ ކުންފުނީގެ ވެރިން ހާޒިރުކޮށްދޭން އެދި ކޮމިޓީއަށް ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާނެވެ. އަޒާން ހުށަހެޅި މައްސަލައިގައި ވަނީ އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެއް އަހަރުވެގެން ދިޔައިރު އަދިވެސް ބައެއް އިންޖީނުތަކުގެ ސްޕެއާތައް ލިބިފައި ނުވާކަމަށެވެ. މި މައްސަލައިގެ ހައްލެއް ނުލިބި އެތައް ދުވަހެއްވެފައި ވުން އަޒާން ސިފަ ކުރެއްވީ ކުންފުނީގެ އިހުމާލާއި ފަރުވާކުޑަކަމުގެ ހެއްކެއްގެ ގޮތުގައެވެ.
މި މައްސަލައިގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އައްޑޫއަކީ ބޮޑު އާބާދީއެއް އޮތް، ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީކަމަށާއި އެހެންކަމުން ލިބެން ޖެހޭނީ ރަނގަޅު ހިދުމަތެއްކަމަށެވެ. އަދި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮތް ކުންފުންޏެއްގެ ހާލަތު އެހާ ދަށަށް ގޮސް މައްސަލަ ހައްލު ނުވެ ގޯސް ވަނީ ކޮން ސަބަބާއި ހުރެކަން އެނގެން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ