އަމީރަށް ސޯލިހްގެ ރައްދު: ތި ދަންނަވާފަދަ ޕްރޮޕޯސަލެއް ނުލިބޭ!

އެމްޑިޕީ ވެރިކަމުގައި ރައީސް ނަޝީދާއި ހިޔާލު ތަފާތުވެ، މައްސަލަ ޖެހުނު ހިސާބަކީ، ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ދިއުމަށް، ތާއިދު ނުކުރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށްރައްދު ދެއްވައިފިއެވެ. މިހާރު ކުރިޔަށްދާ އެމްޑީޕީ، ޗެއާޕާސަން އިންތިހާބުގެ ކެންޕެއިންގެ ތެރޭގައި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ ރައީސް ސޯލިހުގެ "އީގޯ"އާ ހެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި މަސައްކަތް ކުރެއްވުމުން ކަމަށެވެ. https://sun.mv/222979 އަމީރު ވިދާޅުވީ، 2023ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި، އެމްޑީޕީއާ އޭރު ދުރުގައި ހުންނެވި ނަޝީދާ އެކީ ކުރިއަށް ދާން ހުރިހާ ވާހަކައެއް ދެކެވި، އޮތީ އެއްބަސްވެވިފައި ކަމަށެވެ. ހުރިހާ ވާހަކައެއް ދެކެވި އެއްބަސްވެސްވީ ފަހުން، ނަޝީދާ ގުޅިގެން މަސައްކަތްކުރުމާ މެދު ދެކެވުނު ވާހަކަތައް ބަދަލުވީ ކުއްލިއަކަށް ކަމަށް، އަމީރު ވިދާޅުވިއެވެ. ދެން ދެކެވުނީ ނަޝީދާ ނުލައި އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރާ ވާހަކަ ކަމަށް، އޭނާ ވިދާޅުވިއެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން ސޯލިހް ވިދާޅުވީ، އަމީރު އެ ދައްކަވަނީ މުޅިން ތެދު ވާހަކަތަކެއް ނޫން ކަމަށެވެ. ވެރިކަމުގައި ހުރިއިރު، އެތައް ހުށައެޅުންތަކެއް ލިބޭ ކަމަށާއި، އެގޮތުން ރައީސް ނަޝީދުގެ ފަރާތުން އައި ހުށަހެޅުމަކީ ރިޔާސީ ނިޒާމުން، ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް، ދައުރުގެ މެދުތެރެއިން ވޯޓަށް އެހުން ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ރައްޔިތުން ތިބީ ބަރުލަމާނީ ނިޒާމާއެކު ކުރިޔަށް ދިއުމުގެ ވިސްނުމުގައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމަށް ފުރޮޅާލައި، ރައީސް ނަޝީދު ބޮޑުވަޒީރަކަށް އައުމަށް ހުށައެޅި. އަނެއްކާވެސް އަޅުގަނޑު ވާހަކަ ދެއްކިން. ހިނގާށޭ މިދައުރު ނިންމާފަ ރައްޔިތުންގެ ޚިޔާލަށް ހުށަހަޅަން. އޭރުވެސް ރައްޔިތުން ތިބީ ބަރުލަމާނީ ނިޒާމާއެކު ކުރިޔަށްދާކަށް ނޫން. އޭރު އަޅުގަނޑުމެން ކުރި ދިރާސާތަކުން ފެނޭ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ރައްޔިތުންގެ ތާއިދު ލިބޭނީ 20 ފަސެންޓް، 25 ޕަސެންޓަށްކަން، ކަންމިހެން އޮތްވައި ރިޔާސީ އިންތިޚާބުގެ ޕްރައިމެރީއާއި ހިސާބަށް ގޮސް ރައީސް ނަޝީދާއެކު އެއްބަސްވީ ކާމިޔާބު ކުރާ ކެންޑިޑޭޓަކާއިއެކު ކުރިޔަށް ދިއުމަށް ކަމަށާއި، ނަމަވެސް ނާކާމިޔާބު ވުމުން ވަކިވެވަޑައިގެން ޕާޓީއެއް ހައްދަވައިގެން އިދިކޮޅަށް މަސައްކަތް ފެއްޓެވީ ކަމަށް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ކަންކަން ހައްލު ކުރުމަށް އޭގެ ފަހުންވެސް މަސައްކަތް ކުރެއްވި ކަމަށާއި، މަޝްވަރާކުރަން ފުރުސަތު ދެއްވި ކަމަށެވެ. އަނެއްކާވެސް އައީ ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެވާހަކަ ކުރީގެ ފިނޭންސް މިނިސްޓަރު މިފަހުން އެ ވިދާޅުވީ އެންމެ ރަނގަޅު ގޮތުގައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަޅުގަނޑާ ހިސާބަށް އައި އަނެއްކާވެސް ވަރަށް ގިނަ ކަންކަން. އޭގެތެރެއިން އެއްކަމަކީ އަނެއްކާވެސް ބަރުލަމާނީ ނިޒާމަކަށް ދާން. އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން. އަދި އަޅުގަނޑު ހުވާކުރުމުގެ ކުރިން، އެއްމަސް ދުވަހުގެ ތެރޭގައި ރިފަރެންޑަމް ބާއްވަން ވާނޭ. އަދި އަޅުގަނޑުމެންގެ ވަޒީރުންގެ ތެރެއިން 3 ބޭފުޅަކު ވަކިކުރަން ޖެހޭނޭ. އެތަނުން އެއް ބޭފުޅަކީ ފިނޭންސް މިނިސްޓަރުކަމުގައި ހުރި އަމީން، ސޯލިހު އިތުރަށް ވިދާޅުވީ، އެ ހުށައެޅުންތަކާއި އެއްބަސްވެ، ރިފަރެންޑަމަކަށް ދިޔަނަމަ، ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އެމްޑީޕީއަށް ތާއީދު ކުރިޔަސް، ވޯޓު ނުދޭނެ ކިތައްމެ މީހަކު ތިބޭނެކަމަށާއި، ރައްޔިތުންގެ އިތުބާރު ގެއްލި، އެމަނިކުފާނަށް ލިބޭނެ ގެއްލުން ބޮޑުވާނެކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ