ހުޅުމާލޭ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެ ސަރަހައްދު ބޭނުންކުރުން މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.
އެޗްޑީސީން ބުނީ ޖެޓީއާ ކައިރިކުރަން އުޅުނު ބާޖަކުން ޖެހި ޖެޓީއަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.
ޖެޓީގެ މިހާރުގެ ހާލަތަށް ބަލައި އެތަން ބޭނުންކުރުމަކީ އާންމުންގެ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާތީ، އެ ސަރަހައްދު މިއަދުން ފެށިގެން ބަންދުކުރުމަށް އެ ކޯޕަރޭޝަނުން ނިންމީ އެވެ.
ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓެއް ހެދުމަށްފަހު، މަރާމާތުގެ މަސައްކަތް ނިމި، އާންމުންނަށް ބޭނުންކުރެވޭ ފަދަ ރައްކާތެރި ހާލަތަކަށް ގެނައުމުން ނޫނީ އެތަން އަލުން ނުހުޅުވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަން ނުވަތަ ނޫންކަން އެޗްޑީސީން ނުބުނެ އެވެ.
ހުޅުމާލެ ލަކުޑި ޖެޓީއަކީ ސަފާރީތަކުގެ މީހުންނާއި ހުޅުމާލެ ބަނދަރުން ފުރާ މީހުން ބޭނުންކުރާ ތަނެކެވެ.
ބާޖެއް ޖެހި ލަކުޑި ޖެޓީ ހަލާކުވުމުން ބޭނުން ނުކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ