މުދާ އުފުލާ ބާޖެއް ޖެހި ހުޅުމާލެ ލަކުޑި ޖެޓީ ހަލާކުވެފައިވާތީ އެތަނަށް އެރުން ވަގުތީ ގޮތުން މިއަދު މަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެކަން އަންގައި މިއަދު އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެ ލަކުޑި ޖެޓީ ހަލާކުވީ، ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ ބާޖު ޖެހި، ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެހެންވެ، މިވަގުތު އެ ޖެޓީ ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޑީސީން ބުންޏެވެ.
ބުނީ ކީކޭ؟ - އެޗްޑީސީގެ އިއުލާންގައި ބުނީ، އެ ޖެޓީއަށް އެރުން ވަގުތީ ގޮތުން މަނާކޮށްފައިވަނީ މަރާމާތުކުރެވެންދެން ކަމަށެވެ.
އެހެންވެ، ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ ހުރިހާ އެސެސްމަންޓުތައް ހަދައި މަރާމަތަށް ފަހު އެތަން އަލުން ހުޅުވަންދެން އެތަނަށް އެރުމާއި ބޭނުންކުރުން މިއަދުން ފެށިގެން މަނާވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެނގުން މުހިންމު - ހުޅުމާލެ ފެރީ ޓާމިނަލާއި އިންވެގެން އޮންނަ މި ޖެޓީ ރިސޯޓުތަކުން އަންނަ ގިނަ އަދަދެއްގެ ލޯންޗުތައް ކައިރިކުރުމަށް ބޭނުންކުރެ އެވެ.
ބާޖެއް ޖެހި ހުޅުމާލެ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް؛ އެތަން ބޭނުންކުރުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ