ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ މަހު މަރުވި އަބްދުﷲ ރަޝީދު (މާޓީ) ގެ ޖަނާޒާ މިއަދު ބާއްވައިފި އެވެ.
މާޓީގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މަޢުރިބު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ގދ. ހޯޑެއްދޫ ސްވެން މާޓީ، 43، މަރުވީ މިދިޔަ މަހުގެ 25 ގަ އެވެ.
މާޓީގެ ޖަނާޒާ މިއަދު ބާއްވާފައިމިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ވެސް ގެންދިއުމަށް ފަހު އެވެ. އާއިލާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އިހުމާލުންނެވެ.
މާޓީގެ މަރާ ގުޅިގެން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މި ހާދިސާގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
އަބްދުﷲ ރަޝީދުގެ ޖަނާޒާ ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ