އިމާރާތްތަކުގެ ކަރަންޓް މައްސަލަ ސްޓެލްކޯއިން ހައްލުކުރަނީ

ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި އިމާރާތާއި އިންވެ ހުރި ދެ އިމާރާތެއްގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓެލްކޯ އިން ފަށައިފި އެވެ.
މ. ނިރުފެހީގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެ ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ސްޓެލްކޯ އިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވަޑައިގެން ލިބިފައިހުރި ގެއްލުންތައް ބަލައި، ރޯވި އިމާރާތާއި އިންވެ ހުރި ދެ އިމާރާތެއްގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ބަލާފައިވާ ކަމަށެވެ.
އެ ދެ އިމާރާތުގެ ކަރަންޓްގެ މައްސަލަ ސްޓެލްކޯ އިން ހައްލުކުރަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުންނެވެ.
ރޭގެ އަލިފާނުގެ ހާދިސާ އަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ. މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ