“ޕްރޮޖެކްޓް ސޯލަރ ސިޓީ” އަކީ ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނު(އެސް.އީ.ޒެޑް) ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ.
“ޕްރޮޖެކްޓް ސޯލަރ ސިޓީ” ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށް ޓަކައި އޭ.ޕީ.އެމް. އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު އިއްޔެ ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެގޮތުގައި “ޕްރޮޖެކްޓް ސޯލަރ ސިޓީ” ރައީސުލްޖުމްހޫރިއްޔާ އިއްޔެ ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ: 1. 100 މެގަވޯޓް ގެ ސޯލަރ ފޮޓޯވޮލްޓިކް ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޓް ކުރުން. 2. މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމް.އައި.ސީ.އީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކޮށް އޮޕަރޭޓްކުރުން. 3. ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކޮށް އޮޕަރޭޓްކުރުން 4. ރިއަލް އެސްޓޭޓް ތަރައްޤީކުރުން
އެސް.އީ.ޒެޑް އެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު ގެ ދަށުން މީގެ ކުރިން ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިޢުކުރައްވާފައެވެ.
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި ކޮލަމްބިއާގެ އަންހެނަކު އިމިގްރޭޝާނަށް ހާޒިރުވާން އަންގައިފި އައްޑޫގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ބަލި އިތުރުވަމުންދާތީ ސަމާލުވުމަށް ބީއެމްއެލް ފިޔަވައި ދުނިޔޭގެ އެއްވެސް ބޭންކަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ