ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހުތައް ބާތިލްކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ. އަލީ ހުސެއިން ވިދާޅުވެފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު ފާސްކުރި އިސްލާހު ގާނޫނުއަސާސީއާ ހިލާފު އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށްވާތީ އެވެ.
އަލީ ހުސެއިން ސުޕްރީމަށް ކޯޓަށް ހުށަހެޅި އެ މައްސަލަ އެކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވުމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން ވަނީ ހުށަހަޅާފައެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގައި ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލްގައި މައިގަނޑު ފަސް އިސްލާހެއް ވަނީ ގެނެސްފައެވެ. އެ ތަނުން އެއް އިސްލާހަކީ ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް އިތުރުކުރުމެވެ.
ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ޖުޑިޝަރީއަކީ ގާނޫނު އަސާސީއަށް އޮޅުނުކުރެވުނު ބުޅަލެއް: ނިޒާރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް މިއަދު ފަށަނީ “ފެބްރުއަރީ 1 ގައި އެންމެ ބޮޑަށް ޣައްދާރުވީ މަޤާމުގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ