ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރަނީ

ގދ. ތިނަދޫގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ މަސައްކަތް މި އަހަރު ނުވަތަ އަންނަ އަހަރު ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން އިއުލާން ކުރެއްވީ އެ ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ހަފުލާގައެވެ.
މި ހަފުލާގައި މިނިސްޓަރު ވަނީ ހޮސްޕިޓަލުގެ އައު ބްލަޑް ބޭންކަކާއި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރެއް ވެސް ހުޅުއްވައިދެއްވާފައެވެ. އަދި ހޮސްޕިޓަލުގައި ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.
Advertisement
މިނިސްޓަރު ޚަލީލް ވިދާޅުވި ގޮތުގައި، ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ އިތުރުން، ވެލްނެސް ސެންޓަރަކާއި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރެއް ވެސް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
މިހާރު މިނިސްޓްރީގެ ބެލުމުގެ ދަށުން އާކިޓެކްޓުން ވަނީ އައު ޓާޝަރީ ހޮސްޕިޓަލެއް ޑިޒައިންކުރުމުގެ މަސައްކަތުގައެވެ. އަދި މި މަޝްރޫޢަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި އަހަރުގެ ފަހުކޮޅު މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު މިނިސްޓްރީގެ ބެލުމުގެ ދަށުން އާކިޓެކްޓުން ވަނީ އައު ޓާޝަރީ ހޮސްޕިޓަލެއް ޑިޒައިންކުރުމުގެ މަސައްކަތުގައި، އަދި މި މަޝްރޫޢަށް ފަންޑު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ، މި އަހަރުގެ ފަހުކޮޅު މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރެވޭ" 
މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަޝްރޫޢު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި ނަމަވެސް، މިހާރު އެ މަޝްރޫޢު އަލުން ރޭވިފައިވާ ގޮތުގެ ތަފްސީލު ހިއްސާކުރެއްވިއެވެ. މި ބަދަލާއެކު ތިނަދޫގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، އިތުރު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ