ކުޅިވަރުގެ އެކި ރޮނގުތަކުން މީހުން ތަމްރީން ކުރަން އިންޑިއާއަށް ފޮނުވަނީ

ކުޅިވަރުގެ އެކި ރޮނގުތަކުން މީހުން ތަމްރީންކުރަން އިންޑިއާއަށް ފޮނުވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާ މިހަފްތާގައި ބައްދަލުކުރައްވާފައި ވާއިރު މި މަޝްވަރާތައް މި ބައްދަލުވުމުގެ ތެރެއިން ކުރިއަށް ގެންދަވާފައިވާކަމަަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުވުމުގައި އެތުލެޓިކްސް އަދި ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރުތަކުގެ އެތުލީޓުން ދިގު މުއްދަތަށް އިންޑީއާގައި ބައިތިއްބައިގެން ތަމްރީން ކުރުމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. މީގެ އިތުރުން ކުޅިވަރުގެ އެކި ދާއިރާތަކުން މީހުން ތަމްރީންކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ހުށަހެޅުއްވި ކަންކަން ހަމަޖައްސައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އިންޑިއާ ސަފީރު މުނޫ މަހާވަރް ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެ ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ތަރައްޤީ ކުރުމާ ގުޅޭގޮތުންވެސް ވަނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ