ބީއެމްއެލްގެ އާ ބޯޑު އެކުލަވާލައިފި

މި އަހަރު މިހާތަނަށް ބީއެމްއެލްގެ ތިން އާންމު ބައްދަލުވުން ބާއްވާފައިވެ އެވެ. އެ ދެ ބައްދަލުވުމަކީވެސް ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބާއްވާފައިވާ ބައްދަލުވުންތަކެވެ.
 ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި، ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހުމަދު އަލީ ހަބީބް މިއަދު އައްޔަނުކޮށްފި އެވެ.
މިއަދު ބޭއްވި ބޭންކުގެ ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ވަނީ އައްޔަނުކޮށްފަ އެވެ.ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:
މި ބައްދަލުވުމުގައި އާންމު ހިއްސާދާރުންގެ ގޮތުގައި ތިން ޑިރެކްޓަރުން ވަނީ ހޮވާފަ އެވެ. އެއީ؛
މި އަހަރު މިހާތަނަށް ބީއެމްއެލްގެ ތިން އާންމު ބައްދަލުވުން ބާއްވާފައިވެ އެވެ. އެ ދެ ބައްދަލުވުމަކީވެސް ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބާއްވާފައިވާ ބައްދަލުވުންތަކެވެ. ބީއެމްއެލް ބޯޑު އެކުލެވިފައިވަނީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތިއްބަވާ ތިން މެންބަރުންގެ މައްޗަށެވެ. ބޯޑުގެ މެންބަރުކަމުގައި އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅާކަމަށްވާ މިހާރު ބީއެމްއެލް ހިންގަވަމުންދާ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީންވަނީ ބޯޑުގެ މެންބަރުކަމުން އިސްތިއުފާދެއްވާފަ އެވެ. ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކާއި ސަރުކާރު ތަމްސީލުކުރާ އައިޝަތު ސަޖުނީ ވެސް އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ