ބީއެމްއެލްގެ ބޯޑަށް މެންބަރުން ހޮވައި ޗެއަރޕާސަން އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ބޭންކުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ނޫވިލާގެ، އަޙްމަދު ޢަލީ ޙަބީބާއި، މަރަދޫފޭދޫ ޑޭލައިޓްވިލާ، ޢަލީ ޢިރުފާން، އަދި ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 މުޙައްމަދު ޝާހިދުއެވެ.
ހާއްސަ އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި އަޙްމަދު ޢަލީ ޙަބީބު ވަނީ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ.
1. އަޙްމަދު ޢަލީ ޙަބީބު، ނޫވިލާގެ، ސ. ހިތަދޫ
2. ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
3. ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
4. ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ
5. ޢަލީ ޢިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
6. މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90
1. ޢަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
2. މޫސާ ރަޝީދު، މ. ޤަސީމް، ކ. މާލެ
3. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ
ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ޢައްޔަންކުރައްވާ 6 މެންބަރުންނާއި، ބީއެމްއެލްއިން ޢައްޔަންކުރާ 2 މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ 3 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ