ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ. ބައްޓޭ ހައްޔަރުކޮށްފައިވަނީ ސައްހަ ނޫން ޑޮލަރުތަކެއް ރާއްޖެ އެތެކުރި މައްސަލައެއްގަ އެވެ.
ބައްޓޭ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުންނަށް ބ. މާޅޮހު ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން 10 ދުވަސް ބަންދަށް ޖަހާފަ އެވެ. ބަންދު ޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ބައްޓޭ އެވެ.
މި މައްސަލަ ހައިކޯޓުން ބެލުމަށްފަހު ކޮށްފައިވާ ހުކުމުގައި ބައްޓޭ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނޫންކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ސައްހަ ނޫން ޑޮލަރުތަކެއް އެތެރެކުރި ކަމާއި އެއިން ވިޔަފާރިކުރި ކަމަށް ތުހުމަތުކުރާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ ސައްހަ ނޫން ޑޮލަރު ރާއްޖެއަށް އެތެރެކުރަނިކޮށް ނޫނީ އެފަދަ ޑޮލަރުތަކަކުން ވިޔަފާރިކުރަނިކޮށް ނޫން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން ބައްޓޭ ހައްޔަރުކޮށް، އޭނާ ބަލާ ފާސްކުރިއިރު އެފަދަ އެއްވެސް އެއްޗެއް އޭނާގެ އަތުން ނުވަތަ އޭނާއާ ގުޅުންހުރި ތަނަކުން އަދި އޭނާގެ ސައިކަލުން ވެސް ފެނިފައިނުވާކަން ހައިކޯޓުގައި ފުލުހުން ދެއްކި ވާހަކަތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
މައްސަލަ ބެލިބެލުމުން ބައްޓޭ ހައްޔަރުކޮށްފައިވަނީ ކުށުގެ އަމަލު ހިނގަ ހިނގާ ހުއްޓާ ނުވަތަ ކުށުގެ އަމަލެއް ހިންގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުއްޓާ ނޫން ކަން އެނގޭތީ، ބައްޓޭ ބަންދުން ދޫކޮށްލުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމައި ހުކުމް ވަނީ ކޮށްފަ އެވެ.
ވަގު ޑޮލަރު މައްސަލައިގައި ހައްޔަރު މީހަކު ދޫކޮށްލަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ