އާއްމުން އަމިއްލައަށް އަދަބު ނުދީ ފުލުހަށް މައްސަލަ ހުށަހަޅަން އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި

ކުށް ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް އަމިއްލައަށް އަދަބު ނުދިނުމަށާއި އެފަދަ ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އެޗްއާރްސީއެމް އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗްއާރްސީއެމް އިން މިގޮތަށް އިލްތިމާސްކުރީ ކ. މާފުށީގައި ވައްކަން ކުރި ކަމަށް ތުހުމަތުކުރުވޭ މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
ބުނީ ކީކޭ؟ - އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ، އެކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ، އެފަދަ ވީޑިއޯ އާންމު ނުކުރުމަށާއި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ވެސް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ:
މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެދިފައި 
މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައި
އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށް އިލްތިމާސްކޮށްފައި
ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެ ނޫން ވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެންނަށް އިލްތިމާސްކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ