އޭގެ ތެރޭގައި ފްލޭވާ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކަކާއި، ކަޓަރެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތަކެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެބައިންނަކީ އުމުރުން 28 އަހަރުގެ މ. އަލިހަވާ ރާއިފް ޔޫސުފާއި ރާއިގް ޔޫސުފެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު އެވެ.ފުލުހުން ބުނީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، އެހެނިހެން ބައެއް ތަކެތިކަމަށް ފެނިފައިވާ ކަމަށެވެ.. އޭގެ ތެރޭގައި ފްލޭވާ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކަކާއި، ކަޓަރެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތަކެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މަސްތުވާތަކެއްޗާއެކު ދެބެއިން ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ